މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 34 ޕްރިޒަންސް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މާފުށީ ޖަލުގައެވެ.
މި އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުއެވެ.
މި ރަސްމިއްޔާތުގައި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޒް އިބްރާހިމް މުހައްމަދު ދީދީ އާއި ކޮމިޝަންޑް އޮފިސަރުންނާއި ކުރިއެރުން ލިބުނު އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.