އެމެރިކާއިން އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމެންޓް ރާއްޖެ ލިބިއްޖެއެވެ.

ކޮވެކްސް މެދުވެރިކޮށް ޔޫއެސް އިން ވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހަދިޔާކޮށްފައެވެ.

މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބޫސްޓަރ ދިނުމަށް ލިބޭ އެހީއެއްގެ ގޮތުވައި ޔުނިސެފް އިން ވަނީ ސިފަކޮށްފައެވެ.

އެއްލައްކަ އަށް ވުރެ ގިނަ ޑޯޒް ލިބުނު އިރު، ރާއްޖޭގައި ދަނީ ފައިޒާގެ ބޫސްޓަރ ޑޯޒް ވެސް ޖަހަމުންނެވެ. ކޮވިޑްގެ އައު ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިން ޖަހަން މި މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެހެންނަމަވެސް، މިހާތަނަށް މި ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *