މޯލްޑިވިސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ތައްޔާރުވަމުން އަންނަނީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ނިޔާވުމާއި ގުޅިގެންނެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބައި އިލެކްޝަން ޕްރައިމަރީ 27 ޑިސެމްބަރ 2021 ވާ (ހޯމަ) ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީން ބުނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން،2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *