ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕޯކްސްޕާސަންއަކީ މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީންތޯ، އެމްޑީޕީގެ ސްޕޯކްސްޕާސަން ހަސަން ލަތީފް ސުވާލުކުރައްވައިފިއެވެ.

މެމްބަރު ހުސައިން މި ސުވާލު ކުރެއްވީ "އިންޑިއާ ސިފައިން ތިބެން ނަޝީދުވެސް ދެކޮޅު" މި ސުރުހީގެ ދަށުން ރައީސް ޔާމިންއާ ހަވާދީ ނޫހެއްގައި ލިޔެފައިވާ ހަބަރަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފްގެ ޓުވީޓްގައި ވަނީ، މިހާރު ރައީސް ޔާމިން، ރައީސް ނަޝީދުގެ ސްޕޯކްސްޕާޗަންކަމާވެސް ހަވާލުވެވަޑައިގަތީތޯ ސުވާލުކުރައްވާފައެވެ.

އިއްޔެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި، އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. ކަން މިހެން އޮތުމާއެކު އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޓުވީޓަށް ރައްދުދެއްވާ ކ ތުލުސްދޫގައި އިއްޔެ ކުރިޔަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ރައީސް ނަޝީިދުގެ ޓްވީޓުން ދޭހަވާ މާނައަކީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބި ތިބުމާ ނަޝީދު ވެސް ދެކޮޅު ކަމެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރު ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ.

މިކަމުން އެންޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ފެންނަމުންދާކަމަށާއި، އިންޑިއާއިން ރާއްޖޭގައި ވަޒަންވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖާގަދެއްވަމުން އަންނަ ކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ވާހަކަފުޅުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުކަން ހާމަވާ ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *