ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓާރ ޑޯޒް ޖެހި މީހުންގެ އަދަދު 22،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭން މިހާތަނަށް 22،093 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ.
ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް މިހާތަނަށް 396،358 މީހުން ޖަހާފައިވާއިރު، ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވަނީ 366،165 މީހުންނެވެ.
COVID-19 : Vaccination Updates
16.12.2021
Number of people who have received the first dose -
GMA: 30
Atolls: 6Number of people who have received the second dose -
GMA: 111
Atolls: 16Number of people who have received the booster dose -
GMA: 317
Atolls: 179 pic.twitter.com/GHvCSmYEKK— Health Protection Agency (@HPA_MV) December 17, 2021
ބޫސްޓަރ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާރމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓަރ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.
ބޫސްޓަރ ޑޯޒް ޖަހައިދެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. މީގެއިތުރުން ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް ހަރަކާތްތެރިވާއިރު، އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި އެއާޕޯޓުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ބޫސްޓަރ ޑޯޒް ވަރަށް އަވަހަށް ޖަހަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.