ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖަޒީރާ އަށް ދެއްވި އިންޓަވިއު--- ފޮޓޯ: ޖަޒީރާ

ސިޔާސީ މަގާމެއް ފުރުއްވި އިރު ވެސް ކޮރަޕްޝަން ނުހިންގާ ސާފުކަންމަތީގައި ނުކުންނެވި ހަމައެކަނި މީހަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ އެކްސްކްލޫސިވް" ގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމު 2 އަހަރު ވަންދެން ފުރުއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގެންނެވި އިރު އެ މަގާމުގައި ހުންނަވައިގެން ހޯއްދެވި އެއްވެސް އަމިއްލަ މަންފާއެއް ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑު އަދި ޒިންމާދާރު މަގާމެއް ފުރުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި އިރު ލިބިވަޑައިގެންނެވި ގެއެއްވެސް ބިމެއް ވެސް ފަޅުރަށެއް ވެސް އަދި ފްލެޓެއް ވެސް ނޯންނާނެ ކަމަށެވެ. އެކައުންޓު ބެލިޔަސްވެސް އެފަދަ ގޮތަކަށް ލިބުނު އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށާއި، ގާތްތިމާގެ އަދި އާއިލާ މީހަކަށް ހޯދައިދިން މަންފާއެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މިހާ ސާފުކޮށް މިހާ ކްލީންކޮށް، ކޮން ކެންޑިޑޭޓަކަށްތޯ ދެންނެވޭނީ މިހެން. އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން އަތުރާލައްވާފަ އައްސަވާލައްވާ.

އުމަރު ވިދާޅުވީ ސިޔާސީ މައިދާނުގައި އެތައް އަހަރެއް ވެގެން ދިޔަ އިރު ވެސް ކޮރަޕްޝަންގެ ލައްގަނޑެއް ނުޖެހޭ ހަމައެކަނި ބޭފުޅަކީ އެއީ ކަމަށެވެ. މިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން ގޮސް އެމްއެމްޕީއާރްސީ އާއި މިނިވަން 50ގެ މައްސަލަ ވެސް އެތައް ގޮތަކުން ކޮނެ ހޭވިކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެއިން އެއްވެސް ކަމެއްގެ ތެރޭގައި އޭނާގެ ނަން ނެތް ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖަޒީރާ އަށް ދެއްވި އިންޓަވިއު--- ފޮޓޯ: ޖަޒީރާ

ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު ކުށްވެރިންގެ ފައިގަ ޓެގު އަޅުވަން އޭނާގެ ހިއްސާ އޮތް ކުންފުންޏަކާ ހަވާލުކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ އެ މައްސަލަ އަކީ ވެސް އޭނާގެ ނަން އެއްވެސް ކަމެއްގައި ޝާމިލް ނުވުމުން، ލައްގަނޑެއް ޖެއްސުމުގެ މަގްސަދުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އުމަރު ވިދާޅުވީ އެ މަސައްކަތަކީ ސަރުކާރަށް އެންމެ ފައިދާ ބޮޑުކޮށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން އެކަން ކޮށްފައިވާނީ ކަމުގެ އުސޫލުން ކަމަށާއި، ފިނޭންސް މިނިސްޓްރީގް ރަސްމީ ހުއްދަ އާއި އެކު އޭސީސީ އަށް ވެސް ހުށަހަޅާ ހުރިހާ ކަމެއްގެ ސައްހަ ކަން ޔަގީންކޮށްފައިވާނެ ކަމަށެވެ.

އަޅުގަނޑުގެ އެއްވެސް ހިއްސާއެއް ތި ކުންފުންޏަކު ދުވަހަކު ވެސް ނޯންނާނެ. ތިޔަ ކުންފުނީގެ އެއްވެސް ހިއްސާދާރަކީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ތިމާގެ ނޫނީ އަޅުގަނޑުގެ އެއްވެސް ގުޅުމެއް އޮންނަ ބައެއް ނޫން. އަޅުގަނޑުގެ ދެ ރައްޓެއްސަކު ތިޔަ ވިދާޅުވާ ކުންފުނީގެ މައިނޯރިޓީ ޝެއާ ހޯލްޑަރުންގެ ގޮތުގައި ތިބި. އެއީ ގާނޫނާ ހިލާފު ކަމެއް ނޫން. އޯޕަން ބިޑެއްގައި އެންމެ ކުޑަ އަގު ހުށަހެޅީ އަޅުގަނޑުގެ ބައްޕަ ކަމަށް ވިޔަސް ދޭން ޖެހޭ.

އުމަރު ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި ކަންކަމުގެ ތެރެއިން އޭނާގެ ނަން ނުފެނިގެން 6 އަހަރާއި ބައި ވެފަ އޮތް ކަމެއް ނަގާ ފެންމަތިކޮށް ކޮރަޕްޝަންގެ ލައްގަނޑެއް ޖައްސަން އުޅުނުނަމަވެސް އެކަން ނުވާނެ ކަމަށެވެ. އަދި އެކަމުން ވެސް އޭނާ އަށް ވާނީ ފައިދާ ކަމަށެވެ. ސާބިތުވާނީ އޭނާގެ ސާފުކަން ކަމަށެވެ.

0
0
0
0
6

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އަދި މިގައުމުން ފެންނަން ހުރި ސާފު ސިޔާސީ މީހަކީ ހަމަ އެކަނި އުމަރު...
    މިނިސްޓަރު ކަމުގަ ކުރު މުއްދަތެއްގައި ނަތީޖާ ނެރުނު .އެއީވެސް ކަނައަތް ބަނދެފަ އޮތްވާ. ހަޖަމު ނުވެގެން ފަހުން ހުރިހާ ބާރެއް އަތުލީ.
    *ކެރޭނެ ހިތްވަރު ހުންނާނެ. ހަރުކަށި ވާންޖެހޭ ތަނުގަ ހަރުކަށި ވާނެ. މީހުންނަށް ހިތްހެޔޮ ބަހުގެ އިތުބާރު ހުރި ތެދުވެރި ބޭފުޅެއް ޢުމަރަކީ.

ކޮމެންޓް

Your email address will not be published. Required fields are marked *