ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2022 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދު ލޯންޗުކުރެވުނު މި ކަލަންޑަރުގައި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވާ އާލާކޮށްލަދެއެވެ. އުރީދޫ މޯލްޑިވްސްގެ މި ކަލަންޑަރު ދައްކާލައިފައިވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާންގެ ހާޒިރުގައި އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސޮފްހާގައި ފެނިވަޑައިގަންނަވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް، ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް ދިރުވާލާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާއެއްކޮށްލެވޭނެއެވެ.

އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ހާއްސް ކުރެވިފައިވާ ދިރުންތައް ތައްޔާރުކޮށްލެވޭ އޮރިގާމީ ކަރުދާހެއްވެސް ވަނީ ކަލަންޑަރުގައި އެކުލަވައިލައިފައެވެ. ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ފެންނާނެއެވެ.

މި ލަލަންޑަރ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ނަޖީބް ޚާން ވިދާޅުވީ މަގޭ ރާއްޖެ - އުރީދޫ ކަލަންޑަރު 2022 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އީޖާދީ ޕްރޮޖެކްޓެއް ކަމަށެވެ.މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީ އެހީގައި ރާއްޖޭގެ އާންމު ދިރުންތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ ކަމަށާއި، މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާވެސް ގުޅުވާލައިގެން ކަމަށް ވެސް ވިދާޅިވިއެވެ.

އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައާއި ކާމިޔާބީތަކުގައި ބައިވެރިވާނެ ކުންފުންޏެއް ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައިބޭފުޅުންނަށް އަރުވަން. މުޅި އުރީދޫ މޯލްޑިވްސް ޓީމުގެ ނަމުގައި، އެންމެހާ ފަރާތްތަކަށް 2022 ވަނަ އަހަރުގެ ތަހުނިޔާ އެންމެހައި ފަރާތްތަކަށް ދަންނަވަން.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކޮމިއުނިކޭޝަން އާއި ޓޫރިޒަމަކީ މީހުން ގުޅުވައިދިނުމުގައި އިސް ރޯލެއް އަދާކުރާ ދެ ދާއިރާ ކަމަށެވެ.

2022 ވަނަ އަހަރުގެ ފަތުރުވެރިކަން އަލުން ދިރުވުމުގަ އާއި އަދި ޓޫރިޒަމް ގެ ރަންޔޫބިލް ފާހަގަކުރުމަށް އުރީދޫ އިން އިސްނަންގަވާ ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރަަން.

އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު، އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު - މަގޭ ރާއްޖެ ޑިޒައިން ކުރެވިފައިވަނީ މި ހަފްލާއާއި ގުޅުވާލާ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.  ރާއްޖޭގެ މި ނާޒުކު ދިރުންތަކުން ލިބިދޭ އިގްތިސޯދީ އަދި އިކޮލޮޖިކަލް މަންފާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަށް ރާއްޖޭގެ ނާޒުކު މާހައުލު ހިމާޔަތްކުރުމަށް މުޖުތަމައުތައް އިތުރަށް ހޭލުންތެރިކޮށް ދެމެހެއްޓެނިވި އާދަތައް އެކަށުމަކީ މުހިންމުކަމެއްކަމުގައިވެސް އެ ކުފުންނިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *