ކުރީގެ ރައީސް އަބްދުﷲ ޔާމީން ކ. ގުރައިދޫގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ހުއްޓުވަން ފުލުހުން ނުކުތުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ ފުލުހުން "ހަޖަމް ބޭސް" ކާން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުކ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިއަދު ތުލުސްދޫ އަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޒުވާނުން މަގުމައްޗަށް ނިކުމެ އެއްވުމެއް ބޭއްވުން ވެސް ފުލުހުންނަށް ހަޖަމް ނުކުރެވުން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަނީ ކަމަށް ބުނެ އެކަން ހުއްޓުވަން ނުކުތް އިރު އެ ހަމަނުޖެހުމަކީ ވެސް ސަރުކާރު ތެރެއިން ހިންގާ ކަންތައްތަކެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރަށް 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާއި އެކު، އެމްޑީޕީ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ ކުރި އިހުތިޖާޖަށް އަލިއަޅުއްވާލައްވާ ރައީސް ޔާމީން ވަނީ ފުލުހުން އެ ހަނދާން ނެތުނީތޯ ސުވާލުކުރައްވާފައެވެ. އަދި އޭރު ފުލުހުން ކޮބާތޯ ވެސް އެމަނިކުފާނު ސުވާލުކުރެއްވިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ސައިކަލު ބުރު ފުލުހުން ހުއްޓުވާލީ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެއެވެ. ސައިކަލު ބުރު ފަށަން ތައްޔާރުވެފައިވަނިކޮށް ބަޔާނެއް ނެރުމަށް ފަހު ފުލުހުން ވަނީ އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް އެކަން ހުއްޓުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *