7 މެއި 2021: ބޮންގޮވި ސަރަހައްދު ބަންދުކޮށް ފުލުހުން އެ ސަރަހައްދުގައޮ ފޯރިމަރަނީ. ބޮންގޮވުމުގެ ސަބަބުން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް، އަދި ބޮޑީގާޑުންނާއި އާންމުން ހިމެނޭހެން 5 މީހަކަށް އަނިޔާވެފައި ވާއިރު މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން | ފޮޓޯ: ޖަޒީރާ

މިއަދު ހެނދުނު މާލޭގައި ހިންގި ކަމަށް ބުނާ މާރާމާރީގައި، މީހާ ޒަހަމްވީ މީހެއްގެ އަތުން ނޫން ކަމަށާއި، އަމިއްލަ އަށް ގެންގުޅުނު އެއްޗަކުން ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ މެހެލި ގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު މިއަދު 08:21 ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގައި ޒަހަމްވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނައަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި މީހާ އަށް އަނިޔާވީ މީހެއްގެ އަތުން ނޫން ކަމަށެވެ. އަދި އޭނާ އަށް އަނިޔާވީ އޭނަ ގެންގުޅުނު އެއްޗަކުން ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ވަރަށް ގިނައިން ލޭ ހުއްޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *