

ރ. އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަރު ހުޅުވައިފިއެވެ.
މިއީ މަސްޖިދު "އައްދުކްތޫރު އަފްރާޝިމް ޢަލީ" ގެ ނަމުން ނަން ދީފައިވާ އިސްލާމީ މަރުކަޒެކެވެ.
ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ މި އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ.
އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ.
މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މިސްކިތް ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ. އެއީ 02 މާރިޗު 2017 ވަނަ ދުވަހުއެވެ.
މިސްކިތް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017 އަދި ނިމިފައިވަނީ 10 ޖަނަވަރީ 2020 ދުވަހުއެވެ.