މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޑްރަގް ކައުންސިލުން އެންޑޯޒްކޮށްފައިވާ 12 ޕޮއިންޓް އެކްޝަން ޕްލޭންގެ ތެރެއިން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ރިޓަޔާޑް އިންސްޓްރަކްޓަރުން އެ ޓްރެއިނިންގައި ހިއްސާކޮށްދެއްވި މައުލޫމާތު ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދެއްވި މައުލޫމާތާއި އިރުޝާދުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ޓްރެއިނިންގެ ތެރެއިން ބައިވެރިންނަށް ގިނަ ކަންކަން އޮޅުންފިލައިގެން ދިޔަކަމަށާއި، އެ ލިބުނު މައުލޫމާތުގެ އަލީގައި މަސައްކަތްތަކާއި ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.

ފައިނޭންޝަލް ކްރައިމްސް އާއި މަނީ ލޯންޑްރިންގް އަދި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެކުލެވޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ،މި ކޯހުގައި މިހާރު ދިމާވަމުން އަންނަ ފައިނޭންޝަލް ކްރައިމްސްއާ ގުޅުންހުރި މައްސަލަތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ރޭވި އިންތިޒާމުކުރެވިގެން ކުރިއަށް ގެންދާ ޑްރަގް ޓްރެފިކިންގއާ އަދި އެއާ ގުޅުންހުރި މަނީ ލޯންޑްރިންގ ކުށްތައް ތަހުގީގުކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ޓްރެއިނިންގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ނޮވެމްބަރ 29 އިން ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި މައުލޫމާތު ދެއްވާފައިވަނީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި މަސައްކަތް ކުރައްވާފައިވާ ރިޓަޔާޑް އިންސްޓްރަކްޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *