މާލޭގައި ޒުވާނަކަށް ހަމަލާދީ ޒަހަމަކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާލޭގެ މެހެލި ގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު މިއަދު 08:21 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ހަމަލާގައި އަނިޔާވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނައަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.