ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 75 ޕަސަންޓް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތާއި، 8.92 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ.

ފެނުގެ ނިޒާމމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތްތެވެ. މިި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ކުޑަފަރީގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.04 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވާރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސީ އައުޓްފޯލް ގާއިމްކުރުމާއި ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. ހަމައެއާއެކު ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ
އަގަކީ 38,245,917.74 ދިވެހި ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *