އަރަބިއްޔާ ސްކޫލްގެ ހާލަތު: ފޮޓޯ: ސޯޝަލް މީޑިއާ

މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އެ އިމާރާތާއެކު ހުޅުމާލެއިން އަރަބިއްޔާ ސްކޫލަށް ހާއްސަ އިމާރާތެއް ކަނޑައަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތް ހަލާކުވެ އެތަނުގައި ނޫޅެވޭ ހާލަތަށް ގޮސްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލު ކުރުމަށް ނިންމާފައެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު އަރައްބިޔާ ސްކޫލް އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށްފަހު އިމާރާތް އަބަދުވެސް އަރަބިއްޔާއަށް ހާއްސްކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސުކޫލުގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލާ ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ސުކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެވޭ ތައުލީމާއި އެއްހަމައަކަށް މުހިންމު ކަމެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރި ކަމެއްނޫން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެޑިއުކޭޝަނުން ބުނީ އެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހައްލެއް ލިބެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެ މިނިސްޓްރީގެ މައްޗަށް ލާޒިމުކަމއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސުކޫލެއް ހިންގުމަށް އިރާތްކޮށްފައިހުރި ތަނެއްގައި ކަމަށާއި މިފަދަ އިމާރާތަކީ ކިޔަވައިދިނުމަށް ޚާއްސަކޮށް ފަރުމާ ކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށްވާން ޖެހޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާއެކު އިތުރު ދެ އިމާރާތް އެ ސްކޫލަށް ހަމަޖެއްސުމަށް ނިންމީ، މިކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

4
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *