"އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކ. ގުރައިދުއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ގުރައިދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ގުރައިދުއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވީ "އިންޑިއާ އައުޓް" ޕްރިންޓްކޮށްފައިވާ ޓީޝާރޓެއް ތުރުކުރައްވައިގެންނެވެ. ގުރައިދުއަށް ވަޑައިގެން ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންޑިއާގެ ފައުޖުތައް ތިބެން ބޭނުންތޯ ސަޕޯޓަރުންނާ ސުވާލުކުރައްވާ، އިންޑިއާ 'އައުޓް' ކުރުމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވާފައެވެ.
މި ރަށުގެ ރައްޔިތުން ބޭނުންތޯ ރާއްޖޭގައި އިންޑިއާގެ ފައުޖުތައް ތިބެން؟
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންނާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގެ މަތިން އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ރާއްޖެއިން ދައުވަތު ނުދެނީސް ބޭރުގެ އަސްކަރިއްޔާ ސިފައިން ރާއްޖެއަށް އައިސް އެކި ހިސާބުގައި ތިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
Kaafu atholhah Raees Yameen kuravva #IndiaOut Campaign dhathurufulhugai miadhu K. Guraidhoo ah vadaigannavaathee Raees Yameenah maruhaba dhennevumuah Guraidhaoo bandharumathi furaalaifi. #IndiaOut #HEisBack pic.twitter.com/hNArObGbca
— Ahmed Shiyam (@Shiyamaldives) December 16, 2021
އެރަށަށް ވަޑައިގެންނެވިއިރު ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން އެރަށު ބަނދަރުމައްޗަށް އެއްވެފައެވެ. ބަނދަރުމައްޗަށް އެއްވި ސަޕޯޓަރުން ވެސް ތިބީ ރައީސް ޔާމީނެކޭ އެއްފަދައިން "އިންޑިއާ އައުޓް" ޕްރިންޓްކޮށްފައިވާ ޓީޝާރޓް ލައިގެންނެވެ. އަދި ދިވެހި ގައުމީ ދިދައިގެ އިތުރުން "އިންޑިއާ އައުޓް" ޕްރިންޓްކޮށްފައިވާ ދިދަ ވެސް ސަޕޯޓަރުން ގެންގުޅެއެވެ.
މިއަދު ގުރައިދޫގައި އިންޑިއާ އައުޓް ކެމްޕޭނު ބޭއްވިއިރު، މާދަމާ މި ކެމްޕޭނު ބާއްވަން ހަމަޖެހިފައި ވަނީ ކ. ތުލުސްދޫގައެވެ.