ޖަޒީރާ ގްރެފިކްސް / އިފާޒް

ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.

ރާއްޖެއިން މި އެވޯޑް ކާމިޔަބުކޮށްފައި މިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން، ވޯލްޑް ޓްރެވެލް އެވޯޑުގައި ރިސޯޓްތަކާއި ހޮޓެލްތައް ހިމެނޭހެން 8 ފަތުރުވެރި މަންޒިލަކުން ވަނީ އެވޯޑެއް ކާމިޔާބުކޮށްފައެވެ.  އެއީ:

  • ވޯލްޑްސް ލީޑިން ވޯޓަރ ވިލާ ރިސްޯޓް 2021 - ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ، މޯލްޑިވްސް
  • ވޯލްޑްސް ލީޑިން އަންޑަރވޯޓަރ ހޮޓެލް ރެސްޓޯރަންޓް 2021 - ސީ އެޓް އަނަންތާރާ ކިހަވަށް މޯލްޑިވްސް ވިލާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރ 2021 - ޓްރާންސް މޯލްޑިވިއަން  އެއަވޭސް
  • ވޯލްޑްސް ލީޑިން ލަކްޒަރީ އައިލެންޑް ވިލާސް 2021 - ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ލަކްޒަރީ އައިލެންށް ރިސޯޓް 2021 - ދަ ސެއިޓްރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ވޯލްޑްސް ލީޑިން ލަކްޒަރީ ހަނީމޫން ރިސޯޓް 2021 - ވައްކަރު މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2021 - ޖޭއޭ މަނަފަރު މޯލްޑިވްސް
  • ވޯލްޑްސް ލީޑިން އެއަރޕޯޓް ރިސޯޓް 2021 - ހުޅުލެ އައިލެންޑް ހޮޓެލް، މޯލްޑިވްސް އެވެ،

މީގެ އިތުރުން އިންޑިއަން އޯޝަން ވިނާސް 2021ގައި ރާއްޖެއަށް ވަނީ 4 އެވޯޑެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2021، އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2021ގެ އިތުރުން އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2021އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *