އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް ފޮޓޯ: ވަގުތު

އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގިސްފައިވާކަމާއި،  އަދި އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދީފައިވާކަމުގެ މައްސަލައެއް މިއަދު ފަތިހު 05:45 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިފަހުން ވަނީ، ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި މީހެއްގެ މައްޗަށް ދޮޅު މަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

އެމީހާ ވަނީ އިސްލާމީ މަރުކަޒުގައި މީހުން ޖަމާއަތުގައި ނަމާދުކުރަން ތިއްބާ މިސްކިތަށް ވަދެ، މިސްކިތުގެ މިހްރާބްގެއާ ހަމައަށް ކުޑަކަމުދިއުމަށްފަހު ޖުމްހޫރީ މައިދާނުގެ މެދުގައި ހުރެގެން އެތަނަށްވެސް ކުޑަކަމުގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *