ކޮވިޑް ބަލި ހުރި މީހުން ދެނެގަތުމަށް ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: ޓުވިޓަރ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި 215 މިލިއަނަށް ވުރެ ގިން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތު ކުރީސަފުގައި މަސައްކަތްކުރާ 14،020 މީހަކަށް އެލަވެންސްގެ ގޮތުގައި 215.04 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މި އެލަވެންސް ދޭ ފަރާތްތަކުގެ ތެރޭގައި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުން އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

"ކޮވިޑް-19 ފްރަންޓް ލައިން އެލަވަންސް" ތައާރަފްކޮށްފައިވަނީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިންގައި ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެކި ރިސްކް ލެވެލްތަކަކަށް ބަހައިލެވިގެންނެވެ.

ފްރަންޓްލައިން މަސައްކަތްތެރިން ބަހައިލެވިފައިވަނީ ތިން ލެވެލް އަކަށެވެ. އެއީ ހައި ރިސްކު، މީޑިއަމް ރިސްކު އަދި ލޯ ރިސްކުއެވެ.

ހައި ރިސްކް އެލަވެންސް ދެނީ، މަސައްކަތުގެ ގޮތުން ކޮވިޑް-19 ޕޭޝަންޓުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކަށެވެ. އެފަރާތްކަާށް އެލަވެންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދޫކުރެއެެވެ.

މީޑިއަމް ރިސްކު އެލަވެންސް، މަސައްކަތުގެ ގޮތުން ހައި ރިސްކު ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވާނަމަ ދޭއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 250 ރުފިޔާއެވެ.

އަދި ލޯ ރިސްކު އެލަވެންސް، ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 6 ގަޑިއިރަށް ވުރެގިނައިރު ލޮގު ކުރެވިފައިވާނަމަ ދޫކުރާއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 200 ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *