ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ  ބޮޑު ބައެއް ނިމިއްޖެއެވެ.
މި މިޝްރޫއު ކުރިޔަށްގެންދާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މަޝްރޫއުގެ 72 އިންސައްތަ މިހހާރު ނިމިފައިވާކަމަށެވެ. އަދި ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *