ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އިން ބަޔަކު ނިކުންނަނީ - ފޮޓޯ: މިހާރު

ދެކުނު އޭޝިއާއިން ރާއްޖެއަށް ދަތުރުކުރާ ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ފެސިލިޓީ އެއްގައި ކަރަންޓީނުވުމަށް އެންގި އެންގުމަށް ބަދަލުގެނެސްފިއެވެ.

އެޗްޕީއޭއިން މިރޭކުރި އިއުލާނެއްގައި ބުނެފައިވަނީ، ދެކުނު އޭޝިއާގެ ޤައުމުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް ކަޑައަޅާފައިވާ ކަނޑާއެޅުން އުވާލާފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިނުވާ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، އެމީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާން ޖެހޭނެކަމަށެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ، 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިގޮތަށް ރާއްޖެ އަންނަ ފަރާތްތަކުން ރާއްޖެ އައުމުގެ އެއް ދުވަސްކުރިން ކަރަންޓީންވާ ތަނުގެ މައުލޫމާތު އެޗްޕީއޭ އަށް އަންގަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *