ހއ އަތޮޅު ހޮސްޕިޓަލުން ކޮވިޑް-19 ބައްޔަށް ފަރުވާހޯދަމުންދިޔަ މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 62 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާކަމަށެވެ.
މިއީ މި ބަލީގައި ރާއްޖޭން މަރުވި 259 ވަނަ މީހާއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭން މިހާތަނަށް 93،370 މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން 91،118 މީހުން ބަލިން ފަސޭހަވެފައިވާއިރު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،981 ގައެވެ.
ކޮވިޑް ޖެހިފައިވާ 18 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.