ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގް" އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތް އަދި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު ސޮއިކުރެވުނު މި އެމްއޯޔޫގައި  ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މިއެމް.އޯ.ޔޫގެ ސަބަބުން ފެނަކާގެ އައި.ޓީ ޓީމުން ސިއްޙީ ދާއިރާގެ އައި.ޓީ އިންފްރާސްޓްރަކްޗަ އޮޑިޓެއް ހަދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުންދާ ޚިދުމަތްތަކާއި، ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯރޑްސްފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް
ހެލްތައް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމްކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހެލްތް މިނިސްޓްރީގެ އެއް އަމާޒު ކަމަށްވާ ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮރމޭޝަން ސިސްޓަމާ ގުޅުމަށް މަގުފާހިވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *