10 އޭޕްރީލް 2021 - ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ގުނުން ކުރިއަށްގެންދަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމާއިގުޅިގެންނެވެ. އެފަދަ ހާލަތުގައި 6 ދުވަސް ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެކެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން،2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހިރައްޔިތަކަށްވުން.
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއާތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

މީގެ އިތުރުން ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 އަހަރު ފަހުންނެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

އިއުލާނުގައިވާގޮތުން ތިރީގައިވާ ހާލަތްތަކުގައި ތިބި މީހުންނަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މި އިންތިހާބުގެ ވޯޓުލުން ފަށަން ހަމަޖައްސާފައި ވަނީ 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *