ލ.ފޮނަދޫ މަގުތަކުގައި ފެން ހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މި މަސައްކަތް ފަށާފައިވަނީ 13 ޑިސެމްބަރުގައެވެ.
މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފޮނަދޫ މަގު ހެދުމުގެ އެއްވަނަ ފިޔަވަހީގައި ދިގު މިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްގީކޮށް، 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން، ސްޕީޑް ބްރޭކަރު ހަރުކޮށް މަގުމަތީ ނިޝާންތައްވެސް ހަރުކޮށްފައިވެއެވެ. މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *