ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވި އިބްރާހިމް ޝަކީލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު އިބްރާހިމް ޝަކީލް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޝަކީލް މަގާމުން އިސްތިއުފާ ދެއްވީ, އޭސީސީގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ޝަކީލް އިސްތިއުފާދެއްވުމާއި އެކު މިހާރު އެ ކޮމިޝަންގައި ތިއްބަވާނީ ތިން މެމްބަރުންނެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އައިޝަތު އަބްދުﷲ އެވެ. އެ ކޮމިޝަންގެ މެމްބަރުކަމުން އަލީ އަޝްރަފް ވެސް ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ މާދަމާ ހެނދުނު 10:00 ގައެވެ.

މި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިއުލާނުކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *