2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހެނދުނު 10:00 ގައި ފަށާ މި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިއުލާނުކުރުމެވެ.

މަޖިލިހުގެ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަގާމަކުން ވަކިކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

މި ސަރުކާރުން އޭސީސީއަށް ފަސް ބޭފުޅަކު އައްޔަނުކުރިއެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ. އަޝްރަފް ވަނީ ކޮމިޝަންގެ މެމްބަރުކަން ދާދިފަހުން އެހެންނަމަވެސް އެ މެމްބަރުން އައްޔަނުކުރި ފަހުން ވެސް އެ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްސަގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި މައްސަލަ ފާހަގަކުރައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *