ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝިއަލް ސާރވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސިވިލް ކޯޓަށް ގާޒީއެއް ބޭނުންވާތީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސިވިލް ކޯޓްގެ ގާޒީއަކަށް ވެވޭނީ، ފަނޑިޔާރުންގެ ގާނޫނޫގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށެވެ.
މިއަދު ޖޭއެސްސީން އިއުލާންކުރި މަގާމަށް ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި، ގާނޫނާއި އިސްލާމީ ޝަރީއާ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައި އޮތުން އަދި، ގާނޫނީ ވަކީލުކަމުގެ ދެއަހަރު ދުވަހުގެ ތަޖުރިބާ ހުންނަ ޖެހެއެވެ.
މީގެ އިތުރުން އެމަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ މީހުންނަށެވެ.
ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ30 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.