މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުކުރެވޭ މީހާ ދަނގެތީ ޕޮލިސް ސްޓޭޝަނަށް ވައްދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އދ ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލާގައި މަހުމުދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، މައްޔިތާގެ ބޭނުން ނަހަމުގޮތުގައި ކުރުމުގެ ދައުވާއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރޭގައި ބޯކޮޅު ވަތަށް އޮއްވައެވެ. ވަޅު ތެރޭގައި އޮތީ މަހްމޫދު އަތާއި، ފަޔާއި ބޮލުގައި ގޯނި އައްސާފައެވެ.

އެ މައްސަލާގައި ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މަހުމޫދަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން އޭނާގެ ހަށިގަނޑަށް 30ށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ހަމަލާ އަކީ ކުރިޔާލާ ރާވައިގެން ދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ ފައިސާގެ ބޭނުމުގައި ސާލިމް ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެކަމުގައި ޝާމިލްވެފައި ވަނީ ވެސް ސާލިމް އެކަންޏެވެ. އަދި މަރު ނުވާހެން ހީވުމުން ވެސް އިތުރަށް އަނިޔާކޮށްފައިވާ ކަމަށާއި، ގެންގޮސް ވަޅަށް ވައްޓާލީ ވެސް އެރޭ ދަންވަރު ސާލިމް އަމިއްލައަށް ކޮނޑު މައްޗަށް ލައިގެން ކަމަށް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.