| ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފެންނަމުންދަނީ ތިލަފުށީގެ މިސާލު ކަމަށާއި، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ތިލަފުށީގައި ދުން އެރުން ހުއްޓުވައި، ކުނި މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއު ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުނި ނައްތާލަމުން އައި ގޮތަށް އަލިއަޅުއްވާފައެވެ.

މިއަދު ތިލަފުށްޓަކީ މުޅި ރާއްޖެއިން ވޭތުވެދިޔަ 29 އަހަރު ދުވަހު އުފެދުނު ކުނި ޖަމާ ކުރެވެމުން އައިސް ކުނިން އުފައްދާފައިވާ ރަށެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިވީހާ ދުވަސްވެގެންދިޔައީ ކުނި މެނޭޖް ނުކޮށް ކަމަށެވެ. އަދި އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އޮއްސާލަމުން ދިޔުމުގެ ނަތީޖާއަކަށްވީ އެތަން އާންމު ނުރައްކަލަށް ވެގެން ދިއުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެއާއި މާލޭ ސަރަހައްދުގެ ހުރިހާ ރަށަކަށްވެސް ކުރަމުންދާ ކަމަށެވެ. އަދި ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތައް ހަދާ ބެލިއިރު ކަންބޮޑުވާ އެތައް ކަމެއް ފާހަގަވެގެންދިޔަ ކަމަށެވެ. އެގޮތުން މި ނުރައްކާ އޮތީ މާލެ ސަރަހައްދަށް ނޫންކަން ފާހަގަކުރައްވާ ޝައުނާ ރާއްޖޭގެ
އެކި ސަރަހައްދުތަކުގައި ކުނި މެނޭޖް ކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން މިހާރު ކޮންމެ ރަށެއްގައިވެސް ތިލަފުށީގެ މިސާލު ފެންނަން ފަށާފައިވާ ކަމަށެވެ.

އެތައް އަހަރު ވަންދެން ރަށްރަށުގައި އުފެދުނު ކުނިތައް ރަށުން ބޭރު ނުކުރެވި ރާއްޖޭގެ ކޮންމެ ރަށެއް މިވަނީ ގާތްގަނޑަކަށް ކުނިވާން ފަށާފައި، އެކަމުގެ ނުރަނގަޅު އަސަރު އާންމު ސިއްހަތަށާއި އާންމު ދިރިއުޅުމަށްވެސް ކުރޭ. މިއީ ތާހިރު ދިރިއުޅުމަކަށް އޮތް ހުރަހެއް.

ރާއްޖެ ފަދަ ގައުމެއްގައި ކުނި މެނޭޖް ކުރުމަކީ ދަތި ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އޭގެ އަގުބޮޑުކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ރަށްތަކުގެ ބިން ކުޑަވުމާއި ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކީ އިމްޕޯޓު ކުރާ ތަކެއްޗަށްވުމުން ކުނި އުފެދޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ.

ތިލަފުށީ ގޮނޑު ހާމައަށް އެންދުމުގެ ސަބަބުން އެތަނުން ދުން އަރާތީ ދޭތެރެ ދޭތެރެއިން ތިލަފުށީ ކައިރި ވިލިނގިއްޔާއި މާލެއަށް ވެސް އޭގެ އުނދަގޫވާ ކަމުގެ މައްސަލަ ފެންމަތިވެއެވެ. އެންވާރަމަންޓް މިނިސްޓްރީން ދަނީ އެތަން ރިހެބިލިޓޭޓްކޮށް އެތަނުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *