އީސީގެ ރައީސް ފުއާދު ތައުފީގު -- ފޮޓޯ: ވަން އޮންލައިން

ފަސް ދުވަސްތެރޭ، ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"ޖަޒީރާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށާ ގޮނޑި ހުސްވާތާ ފަސް ދުވަހުގެތެރޭގައި ބައި އިލެކްޝަނަކަށް އިއުލާންކުރަންޖޭހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ ހަމަ އެމުއްދަތުގެތެރޭގައި އެކަމަށް އިއުލާންކުރާނެ ކަމަށެވެ.

ފުވާދު އިތުރަށް ވިދާޅުވީ 60 ދުވަހުގެތެރޭގައި ބައި އިލެކްޝަނެއް ބާއްވާ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށް އެހެންކަމުން އިއްޔެއިން ފެށިގެން ކުރިއަށް އޮތް 60 ދުވަހުގެތެރޭގައި ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރެވޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ އިންތިހާބަށް ކެނޑިޑޭޓުން ކުރިމަތި ލުމަށާއި ގުރުއަތު ނެގުމުގެ އިތުރުން އިލެކްޝަން އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް މީހުން ހަމަޖެއްސުމަށް ވެސް ވަގުތު ދީގެން ކަަން ކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމަންޑު ދާއިރާގެ ގޮނޑި ހުސްވީ އެގޮނޑި ފުވުއްވަމުންގެންދެވި ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަފުޅެއްގައި އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *