ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
މި މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.
8.96 މިލިއަން ރުފިޔާގެ ހަރަދު ކުރި މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މާޗް 29 ގައެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކޮށް، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާފައެވެ.