މިއަހަރު ވަރޗުއަލް ޕްލެޓްފޯމްއެއްގައި ހިންގޭ ސީ.އައި.އައި ޕާރޓްނަރޝިޕް ސަމިޓްގެ  ދަށުން  13-15 ވަނަ ދުވަހަށް ދިވެހިރާއްޖެއާ ބެހޭ ހާއްސަ ގައުމީ ސެޝަންއެއް ކުރިއައްދިޔުމަށް ހަމަޖައްސައިފިއެވެ.

މި ޕާޓްނާޝިޕް ސަމިޓަކީ އިންޑިއާގެ އެންމެ އިސް ޗެމްބާ އޮފް ކޮމާސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ފަރާތުން ބާއްވާ ސަމިޓެކެވެ.

މި އިވެންޓްގެ ޒަރިއްޔާއިން ދުނިޔޭގެލީޑަރުންނާއި އެކިއެކި މަލްޓިލެޓަރަލްތަކަށް ނިސްބަތްވާ  ވެރިންނާއި، ގްލޯބަލް ސީ.އީ.އޯސްތަކުގެ އިތުރުން އިލްމުވެރިން އެއްތަނަކުން ބައްދަލުވެ، އެބޭފުޅުންގެ  ހިޔާލު ބަދަލުކޮށްލުމަށް އެކި ސެޝަންތަކުން ފުރުސަތުލިބިގެންދެއެވެ.

އެގޮތުން ދިވެހިރާއްޖެއަށް ހާއްސަކޮށްފައިވާ މި ސެޝަންއަކީ މިގޮތުން ވަކިވަކި ގައުމުތަކަށް މި  ޕާރްޓްނަރޝިޕް ސަމިޓުގައި ހާއްސަ ކުރެވިގެންދާ 8 ސެޝަންގެ ތެރެއިން އެއް ސެޝަންއެވެ. މިއީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުގައި ކުރިއަރަމުން އަންނަ ވިޔަފާރިއާއި އިގްތިސާދީ  ގުޅުން ފާހަގަކޮށްދޭކަމެކެވެ. މީގެން އެނގިގެންދަނީ ދެ ގައުމަށްވެސް ފައިދާކުރާނެފަދައިން ވިޔަފާރިތަކަށް ދެ  ފަރާތުގެވެސް ޝަގުވެރިކަން ހުރިކަމެވެ.

ރާއްޖެއަށް ހާއްސަ ސެޝަންގައި ކީނޯޓް އެޑްރެސް ދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާޢިލްއެވެ. މި ސެޝަންގައި އިންޑިއާއި ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ހައިކޮމިޝަނާ މުނު މަހާވަރުގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް ވެސް ވާހަކަފުޅުދައްކަވާނެއެވެ.

މި ސެޝަންގައި ދިވެހިރާއްޖޭގައި ގާއިމުވެފައިތިބި އިންޑިއާގެ 5 ކުންފުއްޔެއްގެ އެންމެ އިސް  ވެރިންގެ ފަރާތުން ކުރެވިފައިވާ ތަޖުރިބާ ހިއްސާކުރާނެއެވެ. އެއީ ތާޖް ހޮޓެލް، ސްޓޭޓް ބޭންކް  އޮފް އިންޑިއާ، އެފްކޮންސް އިންފްރާސްރަކްޗަރ، އެޓްމޮސްފިއަރ ގްރޫޕް އަދި ސްރީ  އަވަންތިކާއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން "އިކޮނޮމިކް އައުޓްލުކް އެންޑް  އިންވެސްޓްމެންޓްސް އޮޕޮޗިއުނިޓީޒް އިން ދަ މޯލްޑިވްސް"އާއި ބެހޭގޮތުން އޮޅުންފިލުވައިދޭނެއެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ، ފަރމަސިޓުއަލްސް، ކޮންސްޓްރަކްޝަން، ޓުއަރިޒަމް، ފިޝަރީޒް،  އެޑިއުކޭޝަން، އެންޖިނިއަރިންގ، އިލެކްޓްރޯނިްކްސް އަދި ފުޑް ޕްރޮސެސިންގ ދާއިރާގައި ތިބި  އިންޑިއާގެ ކުންފުނިތަކުން ދިވެހިރާއްޖޭގައި ވިޔަފާރި ކުރާނެގޮތާއި ބެހޭ ތަޖުރިބާ ހޯދުމަށް މި  އިވެންޓްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ ވަނަ ދުވަހުގެ ރާއްޖެ ގަޑިން  14:30-  15:30 އަށެވެ. ެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *