ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އުމަރު ޒާހިރުގެ އާއިލާއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކުރި ޓެސްޓަކުންނެވެ. އަދި ހާލު ސީރިއަސްވެ މިހާރު ފަރުވާ ހޯދަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އޮކްސިޖަން ގުޅައިގެން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުކޮށްފައިވާގޮތުގައި ފުވައްމުލަކުގައި އޭނާ އަމިއްލަޚަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް ފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ. އެގޮތުން ގަދަ ހުމުގެ އާލާސްކަންފުޅެއް ޖެހުނު ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އުމަރަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެނއ 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު މަތީ އެތައް މަޤާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ.އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި އެއީ 2008 ވަނަ އަހަރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *