ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ރާއްޖެއިން ސިންގަޕޫރަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކޮވިޑް-19އިން ދިފާއުވުމުގެ ގޮތުން ސިންގަޕޫރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެތެރެވާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހެއެވެ. އެހެންނަމަވެސް އެ ގައުމުން ގާއިމްކޮށްފައިވާ ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް) މެދުވެރިކޮށް ވަކި ފްލައިޓްތަކަކުން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޮރިން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީ އާއި އެކު ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު މިހާރު ސިންގަޕޫރާއި އެކު މިފަދަ އެއްބަސްވުމެއް ގާއިމްވެފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް 16 ޑިސެމްބަރުން ފެށިގެން ވީޓީއެލް މެދުވެރިކޮށް ސިންގަޕޫރަށް ދަތުރުކުރެވޭނެ ކަމަށް ބުނެއެވެ.

މިގޮތަށް ދަތުރުކުރުމަށް ވަކި ފޯމެއް ހުށަހަޅަން ޖެހޭއިރު، ދަތުރުކުރެވެނީ ފުރުމުގެ ގިނަ ވެގެން ދެ ދުވަސް ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ އިތުރަށް އެޗްޕީއޭއިން ދޫކޮށްފައިވާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އަދި ސިންގަޕޫރަށް ދެވުމުން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ބަލަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *