އައްބާސް ފާއިޒް

މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި އަހްމަދު އަދުހަމް ރަޝީދަށް އިއްވި ހުކުމުން ހާމަވަނީ ކޯޓަށް ހުށަހެޅުނު ހެކިތަކުގެ ވަރުގަދަކަން ކަމަށް އެ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު، އައްބާސް ފާއިޒް ވިދާޅުއްޖެއެވެ.

މިއަދުގެ ޝަރީއަތުގައި އަދުހަމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިކަމާ ގުޅޭގޮތުން އައްބާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަލާދިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް މިއަދު ހުކުމް އިއްވުމަކީ ކޯޓަށް ހުށަހެޅިފައިވާ ހެކިތަކުގެ ވަރުގަދަކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ފުލުހުން ޕްރޮފެޝަނަލްކޮށް ހޯދައި، ޕީޖީ އޮފީހުން ދިރާސާކޮށް ހުށަހެޅި ހެކިތަކުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. 

މީގެއިތުރުން، އަދުހަމްގެ މައްޗަށް ހުކުމް އިއްވުމުގެ ސަބަބުން މި ހަމަލާއާއި ގުޅުން ހުރި އިތުރު ގުޅުންތަކާއި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދަން ކުރާ މަސައްކަތަށް ހިޔަނި އެޅިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ، ކުށްކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުންތަކެއްގެ ސަބަބުން ކަމަށް ބުނެ އެ ކަމަށްޓަކައި ރައީސް ނަޝީދާއި އެ ހަމަލާގައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *