ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމަކީ މުޅި ގައުމަށާއި މަޖިލީހަށް ވެސް ލިބިގެންދިޔަ ނިކަމެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް އުޅުއްވިއެވެ.

ހުސެއިން އަވަހާރަވުމާއި ގުޅިގެން މަޖިލިހުގެ އިދާރާއިން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މެމްބަރު ސިފަކުރައްވަނީ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މެމްބަރު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ބުންޏެވެ.

ޙުސައިން އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން ދާއިރާއަށާއި ގައުމަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހުސެއިން އަކީ 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސުލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ އިތުރުން  މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ހުސެއިން މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލަމީ މަރުކަޒުގައެވެ. އަދި ފަސްދާނުލެވުނީ އާސަހަރާގައެވެ.

އޭނާގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބް ރައީސް އާއި މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *