މެމްބަރު ހުސައިން ވަހީދު ފަސްދާނުލުން... ފޮޓޯ: ފަޒީން / ޖަޒީރާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ފަސްދާނުލައިފިއެވެ.

މެމްބަރު ވަހީދުގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލަމީ މަރުކަޒުގައެވެ. މެމްބަރު ވަހީދުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެއިތުރުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުންވެސް ބައިވެރިވެވަޑައިގަތެވެ.

މެމްބަރު ހުސެއިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
މެމްބަރު ހުސައިން އަވަހާރަވުމާއި ގުޅިގެން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ދައުލަތުގެ އިސް ބޭފުޅުން އަންނަނީ ހިތާމަ ފާޅުކުރައްވަމުންނެވެ.

ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް އުޅުއްވިއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ހުސައިން އަށް ފަރުވާ ދީފައިވެއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން މިއަހަރުގެ މާޗް 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *