ފާއިތުވި 48 ގަޑިއިރު ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުން 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ 48 ގަޑިއިރު ތެރޭގައި ފުލުހުން ކުރި މަސައްކަތުން ހެރޮއިން ކަމަށް ޝައްކު ކުރެވޭ 91 ޕެކެޓު ހޯދާފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު އަތުލައިގަތް 28 ޕެކެޓާއި އެކު ޖުމްލަ 119 ޕެކެޓު ހޯދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ތަކެތީގެ ބަރުދަނުގައި 119 ކިލޯ ހުންނާނެ ކަމަށް ސީޕީ ވަނީ ލަފާކުރައްވާފައެވެ.

އާދީއްތަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ  ލޯންޗަކާއި ޓެކްސީ އެއް ބަލައިފާސް ކޮށްފައެވެ. ލޯންޗުން ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނުނުއިރު ޓެކްސީ އިން ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ފެނިފައިވެއެވެ.

މި މައްސަލައިގައި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިއެވެ. މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަނގްލަދޭޝް ފިރިހެނެކެވެ. ދެން ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *