ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސެއިން ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައި އަވަހާރަވެފައެވެ. ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ހުސެއިންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން އަކީ ރާއްޖެއަށް މަލްޓި މާޓީ ޑިމޮކްރެސީ ގެނައުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ވެސް ވަރުގަދަ ތަނބެއް ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *