ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ މައްޗަށް ކުރާ ކަށު ނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރަން ނިންމައިފިއެވެ.

މެމްބަރު ހުސެއިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

މެމްބްރު ހުސައިންގެ މައްޗަށް ކަށުނަމާދުކުރަން ކުރިން ނިންމާފައި އޮތީ އާސަހަރާގައެވެ. އެހެންނަމަވެސް ކަށުނަމާދުކުރުން މިހާރު ވަނީ އިސްލާމީ މަޒުކަޒަށް ބަދަލުކޮށްފައެވެ.

މެމްބަރު ހުސައިން އަވަހާރަވުމާއި ގުޅިގެން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ދައުލަތުގެ އިސް ބޭފުޅުން އަންނަނީ ހިތާމަ ފާޅުކުރައްވަމުންނެވެ.

ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް އުޅުއްވިއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ހުސައިން އަށް ފަރުވާ ދީފައިވެއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން މިއަހަރުގެ މާޗް 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *