ހުޅުމާލެ

އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލަކަށް ނުނިންމޭނެކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.

އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން، 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށްކަމަށްބުނެ، ސީޓި ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އެޗްޑީސީން ވަނީ ހުށަައަޅާފައެވެ.

މި މައްސަލަ ބަލާ ނިންމުމަށްފަހު އެލްޖީއޭއިން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 12 ގެ ރަޖިސްޓްރީ ބާތިލްކުރުމަކީ ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ބިމަކީ އެކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްކަމަށެވެ. އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝައްސެއްކަންވެސް އެކޯޕަޜޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެޗްޑީސީއަށް ލިބިފައިވާ އެންމެހައި ހައްޤުތަށް އެކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ކުއްވެރިކުރާކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި، މިކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެކަމަށްވެސް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *