އަދުހަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދަށް ހުކުމްކުރުމުގެ ޝަރީއަތް މިއަދު 11 ޖަހާއިރު ފަށާނެއެވެ.

އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ވަނީ ނިންމާފައެވެ. ޕީޖީ އޮފީހުން ބުނީ އޭނާގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމީ އޭނާގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމުގައި ބަލާނީ ގާނޫނު އަސާސީ އަށް ކަމަށާއި، އެގޮތަށް ނިންމީ ޝަރީއަތުގެ ތެރެއިން ގައުމީ ސަލާމަތައް ނުރައްކާހުރި މައުލޫމާތުތައް ބޭރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލައިގެންނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެ ވަގުތު އެ ސަރަހައްދުގައި އުޅުނު އެހެނިހެން މީހުންނަށް ވެސް އެކިވަރުގެ ޒަހަމް ލިބިފައި ވެއެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ކޯޓުގައި ވެސް މިދިޔަ ހަފްތާ ބޭއްވި އަޑު އެހުމުގައި ކުށަށް އިއުތިރާފްވެފައެވެ.

އަދުހަމާއެކު އެއްބަސްވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތިރާފް ވެ 3 އަހަރުގެ ޖަލު ހުކުމަކަށެވެ. ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނަ އިރު އޭނާ އިއުތިރާފް ނުވާ ނަމަ އޭނާގެ މައްޗަށް 37 އަހަރުފގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލާގައި އަދުހަމްގެ އިތުރުން އިސްހާގު، މުޖާޒް ، ހައިޝަމް އަދި ތަހުމީންގެ މައްޗަށެވެ. މީގެ ތެރެއިން މުޖާޒް އާއި ތަހުމީން ވަނީ އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި އިސްހާގު ވެސް މި މައްސަލާގެ ޝަރީއަތް ސިއްރުކުރަން އެދިފައިވާއިރު، ހައިޝަމް އަށް ވަކީލަކު ހަމަނުޖެހޭތީ އަދި އޭނާޗެ ޝަރީއަތް ނުފަށައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *