ޚަބަރު
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކުރީގެ ކޮމާންޑަރ ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމަށް
ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމަށް، ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކުރީގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢައްޔަން ކުރައްވާފައިވަނީ އިއްޔެއެވެ.

ވައިސް ޗީފްގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ރައީސް މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމުން ވައިސް ޗީފްގެ މަޤާމު އޮތީ ހުސްކޮށެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިންގ އޮފިސަރުކަމާއި، ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް (J5/J8) ގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމުގެ އިތުރުން ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ) ގެ ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑަރކަމާއި، ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރކަން އަދާކުރައްވާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއިން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަ ޑިފެންސް އެޑްވައިޒަރގެ މަޤާމުގައި ހުންނެވިއިރު، ދެ ޤައުމުގެ ދެމެދުގައި ބައިލޭޓަރަލް ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ވެސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ކޮށްދެއްވާފައެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top