ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.

ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގެއަވެ.

ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް އުޅުއްވިއެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ހުސައިން އަށް ފަރުވާ ދީފައިވެއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން މިއަހަރުގެ މާޗް 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ "ބޭސްފަރުވާއެއް ކުރަމުން މިއަދު މިހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން އަޅުގަނޑު ހަމަ މާތް الله ސުބްހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރުކުރަން" މިފަދައިންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *