މާލޭ މަގުމަތީގައި ބަޔަކު ހިނގާފައި އުޅެނީ -- ފޮޓޯ: ވަގުތު

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 127 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރު އޮއްސި 6ން ފެށިގެން ހޯމަ ދުވަހުގެ އިރު އޮއްސި 6އާ ހަމައަށް 4،110 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 127 ސާމްޕަލް ޕޮޒިޓިވްވި އިރު ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި ކޭސްތަކެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 26 ކޭސް
  • އަތޮޅުތެރެއިން - 89 ކޭސް
  • ރިސޯޓުތަކުން - 12 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,947 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 17 މީހަކަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 93،246 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 91،028 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 258 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *