އަރަބިއްޔާ ސްކޫލްގެ ހާލަތު: ފޮޓޯ: ސޯޝަލް މީޑިއާ

އަރަބިއްޔާ ސްކޫލް އިމާރާތުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރީގެ ނާދީ ހިންގި ތަނަށް އެ ސްކޫލް ބަދަލުކުރުމަށް މާލެ ސިޓީގެ މޭޔަރ ޑރ މުއިއްޒު އެދިވަޑައިގެންފިއެވެ.

އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތް ހަލާކުވެ އެތަނުގައި ނޫޅެވޭ ހާލަތަށް ގޮސްފައިވާ މައްސަލަ ފެންމަތިވެފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުންދީން ސްކޫލަށް ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ އަރަބުއްޔާ ސްކޫލްއާ މެދު ކަންކުރަމުން އަންނަ ގޮތާ މެދު ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. މުއިއްޒު ވިދާޅުވީ އެ ސްކޫލާއި މެދު ކަންކުރަނީ ހިތާމަހުރި ގޮތަކަށް ކަމަށެވެ. އަދި އިއްޒުންދީން ސްކޫލް އާއި އަރަބިއްޔާ ޝެއާ ކުރުން އޭނާ ސިފަކުރެއްވީ ވަރަށް "އިމްޕްރެކްޓިކަލް" ކަމެއްގެ ގޮތުގައެވެ.

އަރަބިއްޔާ ސްކޫލާއި އިއްޒުއްދީން ސްކޫލް އެއް އިމާރާތެއްގައި ވަގުތީގޮތުން ހިންގުމަށް މަޝްވަރާ ކުރާއިރު އަރަބިއްޔާ ސްކޫލް އަކީ އިއްޒުއްދީން އަށް ވުރެ ޖާގައިގެ ގޮތުން ބޮޑު އަދި ދަރިވަރުން ވެސް ގިނަ ސްކޫލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *