އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އިސްލާމް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު، އެ ފޮތްތަކުގައި މިހާރު ހުރި ޤުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއީ ދޮގު ވާހަކައެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އަންގާފައި މިހާރު ހުރި ފޮތްތަކުގައި ހުރި ކުށްތައް އައު ޗާޕުގައި އިސްލާހުކުރަން ކަމަށެވެ. ސްކޫލްތަކުގެ އިސްލާމް ފޮތްތަކުގައި ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރި މައްސަލަ ފެންމަތިވީ މި އަހަރު ތެރޭގައެވެ.

އެންމެ ފުރަތަމަ އެ މައްސަލަ ފާހަގަކޮށްފައިވަނީ ގްރޭޑް 1 ގެ ދަރިވަރުންނަށް ގުރުއާން ކިޔަވައިދޭ ފޮތުންނެވެ. އޭގެ ފަހުން ގިނަ ފޮތްތަކަކުން މި މައްސަލަ ފާހަގަވި އިރު، އޭގެ ތެރެއިން ބައެއް ޗާޕުތަކަކީ ބޭނުންކުރަމުން އަންތާ އަހަރުތަކެއް ވެފައިވާ ޗާޕުތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.