ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ދަ ޕްރެސް

ކުޑަކުދިންތަކަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާތައް މަދުކޮށް ދައުލަތުން އޭނާއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފިއެވެ.

ޒިންމާދާރު މަގާމެއްގައި ހުރެ 2019 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މި އަހަރުގެ ޖޫން 28 ވަނަ ދުވަހު ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ. ގާތިފް، ޙަސަން ޢަތޫފް މައްޗަށެވެ. އެ މައްސަލާގައި އޭނަގެ މައްޗަށް އުފުލާފައި ވަނީ 5 ދައުވާ އެކެވެ.

އެއީ:

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  3. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
  4. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
  5. ގްރޫމްކުރުން

ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ދައުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. ދައުވާލިބޭ މީހާއާއެކު ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވާނީ، މިމައްސަލާގައި ކޮށްފައިވާ 05 ދައުވާގެ ތެރެއިން 02 ދައުވާއަކަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދައުވާގެ ތެރެއިން 03 ދައުވާ އަނބުރާ ގެނައުމަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އޭނާ އެއްބަސްވެފައި ވަނީ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދެ ދައުވާ އަށެވެ. އަދި ގްރޫމްކުރުމާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުން ހެދުމުގެ ކުރިން އެ ފަސް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 76 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް މި އެއްބަސްވުމާއި އެކު އެ އަދަބު ވަނީ 30 އަހަރަށް ކުޑަ ވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *