ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤުގެ ސުލޫކީ މައްސަލަ ކުރިއަށް ގެންދަން ނުފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަމަށް ބުނާ ސުލޫކީ 2 މައްސަލައެއް ޖޭއެސްސީން ބެލިއެވެ.
ޖޭއެސްސީން ބުނީ މި މައްސަލަ ތަޙްޤީޤުކުރިއިރު، ދ.މީދޫ ކޯޓުން ލިބިފައިވާ ލިޔުންތަކާއި އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤުގެ ސިއްޙީ ހާލަތު ބަޔާންކޮށް އެކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކޮށް މި ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނަކަމަށް އެކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މިިގޮތަށް ނިންމާފައިވަނީ ސެމްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 74 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީން، މި އަހަރުގެ ފެބްރުއަރީ މަހު ފަހުކޮޅު، ގާޒީ އަލީ ޝަފީޤު ހިމެނޭހެން ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފަށާފައިވެއެވެ.