ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ފޮޓޯ: ރައީސް އޮފީސް

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ތަސްދީގު ކުރެވުމާއި އެކު ޓްރާންސްޕޯޓް އޮތޯރިޓީ ވަނީ އުވާލެވިފައެވެ. އަދި ކުރިން އެ އޮތޯރިޓީން ދެމުންދިޔަ ޚިދުމަތްތައް ދެން ލިބޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ

އެ އޮތޯރިޓީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވެސް ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މިއާއި އެކު އެ އޮތީރިޓީގެ ބެލުމުގެ ދަށުގައި ހުރި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ބަޖެޓު ކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް ވެސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުވެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ސަރުކާރުން ނިންމީ މިނިސްޓްރީ އާއި އެ އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ގަބޫލުކުރެވުމުންނެވެ. އަދި އެ ތަނުގެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ދަތިވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *